ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓުކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމަޖައްސަވަން މަޖުބޫރު ވެލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ޞާލިހު އިއުލާނު ކުރައްވާފައި ވީ ނަމަވެސް، ރަނިންމޭޓެއް އަދި ކަނޑައެއް ނާޅުއްވައެވެ.
ފޯޅަހަވީގެ މައްސަލައިގައި ބައެއް ތުހުމަތުތައް ކުރަމުން ޠާރިޤް ވިދާޅުވީ ރައީސް ޞާލިހުގެ ރަނިންމޭޓް ކަނޑައަޅަން އެމަނިކުފާނަށް އިހުތިޔާރު ލިބިގެން ނުވާ ކަމަށެވެ.
"ކަނޑުވިއްކާލުމުގެ ބައިވެރިޔާ ޝާހިދުއަށް ރަނިންގ މޭޓްކަން ދިނުމަށް ރައީސް ސޯލިހަށް މަޖުބޫރުވާނެކަން އަހަރެމެންނަށް އެނގޭ. ރަނިންގ މޭޓްނެގުމުގެވެސް އިހުތިޔާރުނެތް ވެރިއެއް ހޮވަން ހެޔޮނުވާނެ. ތިއީ މަޖުބޫރު ކައިވެންޏެއް. 9 ސެޕްޓެމްބަރުގައި ބާލާނެ" ޠާރިޤް ވިދާޅުވިއެވެ.
https://twitter.com/AhmedThaariq/status/1677619157645529088
ޓޮމްގެ ޓުވީޓާމެދު ހިތްހަމަ ނުޖެހުނު ބައެއް މީހުން ބުނީ އިދިކޮޅުގެ ކެނޑިޑޭޓް އަދިވެސް ހުންނެވީ ޖަލުގައި ކަމަށް ވުމުން، އެހެން ޕާޓީތަކުގެ ރަނިންމޭޓާމެދު ކަންބޮޑުވާން އިދކޮޅަށް ނުޖެހޭ ކަމަށެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެކި ޕާޓީތަކުން ދާވަ ކުރައްވާނެ ކެނޑިޑޭޓުން އިއުލާނު ކުރައްވާފައި ވާއިރު، އެއްވެސް ކެނޑިޑޭޓެއްގެ ރަނިންމޭޓެއް އަދި މިހާތަނަށް އިއުލާނު ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް