މާބަނޑުއިރު ކުރާ ހާއްސަ ކަސްރަތު ކުލާސްތައް އައްޑޫ ހޮސްޕިޓަލުގައި ފަށަނީ

މާބަނޑު ދުވަސްވަރު ކުރުމަށް ހާއްސަ ކަސްރަތު ކުލާސްތައް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފެށުމައް ތައްޔާރުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ބުނީ، މުޅިން އަލަށް ތައާރަފްކުރާ މި ކްލާސްތަކުގެ ސަބަބުން ދުޅަ...

08 Jul 2023 | 11:19

މާބަނޑު ދުވަސްވަރު ކުރުމަށް ހާއްސަ ކަސްރަތު ކުލާސްތައް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފެށުމައް ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ، މުޅިން އަލަށް ތައާރަފްކުރާ މި ކްލާސްތަކުގެ ސަބަބުން ދުޅަހެޔޮ މާބަނޑު ދުވަސްވަރަކަސް މަގުފަހިވެ، ވިހެއުމަށް ފަސޭހަ ވާނެ ކަމަށެވެ.

އުފަންވުމާއި މައިވަންތަކަމަށް ތައްޔާރު ވުމަށް ބޭއްވޭ ހާއްސަ ސެޝަންތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު10 ސެޝަންއެއް ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން ދަނީ ތައްޔާރު ވަމުންނެވެ.

https://twitter.com/aeh_mv/status/1677632412002717698

އެ ސެޝަންތަކުގެ ތެރޭގައި ކެއިން ބުއިމުގައި ގެންގުޅެންވާ ރަނގަޅު އިރުޝާދުތަކާއި، ގާތުން ދިނުމުގެ އިތުރުން ދިމާވާ ހާއްސަ ސިއްހީ ހާލަތްތަކަށް އަލިއަޅުވާލާނެއެވެ.

މި ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް