ޕީޕީއެމް، ޕީއެންސީގެ ވާހަަކަ ފުލުހުން ދޮގުކޮށްފި

ކުޑަކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ މީހަކު އެއްވެސް ބެލުމެއްނެތި ވީނުވީއެއް ނޭނގި ފުލުހުން ހައްޔަރުކުރި ކަމަށް ޕީޕީއެމް، ޕީއެންސީ (ކޯލީޝަން) އިން ބުނި ބުނުން ފުލުހުން ދޮގުކޮށްފިއެވެ. އެ ކޯލީޝަނު...

07 Jul 2023 | 23:42

ކުޑަކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ މީހަކު އެއްވެސް ބެލުމެއްނެތި ވީނުވީއެއް ނޭނގި ފުލުހުން ހައްޔަރުކުރި ކަމަށް ޕީޕީއެމް، ޕީއެންސީ (ކޯލީޝަން) އިން ބުނި ބުނުން ފުލުހުން ދޮގުކޮށްފިއެވެ.

އެ ކޯލީޝަނުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫން ކަމަށެވެ.

"ސައިކަލެއްގައި ކުޑަ ކުއްޖަކާ އެކު ދަތުރު ކުރި ފިރިހެނަކު އެސަރަޙައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަޙައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާއި ޙަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި ޢަމަލެއް" ފުލުހުންގެ އެ އަމަލު ކުށްވެރިކޮށް އެ ކޯލީޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

https://twitter.com/malshasharyf/status/1677316326707150856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677316326707150856%7Ctwgr%5E78dabbcf77ee6e6fc010ca34dde8931a66d2c3de%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F141842

މިކަން ދޮގުކޮށް ފުލުހުން ރޭގައި ބުނެފައިވަނީ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ.

އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރިއިރު އެމީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

https://twitter.com/PoliceMv/status/1677401217985818629

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް