ޢީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް - އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމު: ސިޔާމް

ޢީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަޙްމަދު ސިޔާމް މުޙައ...

08 Jul 2022 | 17:30

ޢީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ސިޔާމް ދެއްވި ޚިޠާބުގައި ސިޔާމް ވަނީ ޢީދުގެ އުފާފާޅުކުރުމުގައި އިސްލާމް ދީނުގެ އުސޫލުތަކާއި، މުޖްތަމަޢުގެ އަޚްލާގީ ހަމަތަކުން ބޭރުނުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޢީދުގެ އުފާފާޅުކުރުމުގައި މުޖްތަމަޢުގެ ހުރިހާ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

ސިޔާމް ވިދާޅުވީ އަޟްޙާ ޢީދަކީ ޙައްޖުގެ އަޅުކަމާއި، ގުޅިގެން އަންނަ މުނާސަބާއެއް ކަމުގައި ވީހިނދު ޙައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ޙާސިލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ބާރުއަޅާ، އަދި ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަމަށް އިސްކަންދޭ ދީނެއްކަން ސާބިތުވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ސިޔާމް ވަނީ ދިރިއުޅުމުގައި ވެސް މި އުސޫލުތައް ހިފެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް