ގއ. ދާންދޫގައި އީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ފިހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހިފައިވަނީ ދެ ޒުވާނުންނެވެ. އަދި އެ ދެ ޒުވާނުން ފިހިފައިވަނީ އީދު މަޅީގެ ފުރަގަހުގައި ޕެޓްރޯލް އަޅަން ހުރި ޒުވާނާ ހުރިކަން ނޭނގި، މަޅީގެ އަނެއް ފަރާތުގައި ތިބި މީހުންނަށް އަލިފާން ރޯކޮށްލެވުމުންނެވެ.
ދާންދޫ ކައުންސިލުން ބުނީ އީދު މަޅި ރޯކުރަނިކޮށް ދެ ޒުވާނަކު ފިހިގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ. އެތަނުން އެކަކުގެ ކަނާތާއި ފަޔާއި ބައެއް ތަންތަން ފިހިފައިވާތީވެ، އޭނާ އަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން ބުނީ އަނެއް ޒުވާނާގެ ފައިގެ އިސްތަށިތައް އަނދާފައިވާ ކަމަށެވެ.
އެ ޒުވާނުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް