އައްޑު ސިޓީ މީދޫގައި ބާއްވާ "އައްޑޫ ޢީދު ފެސްޓިވަލް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ޢީދު ފެސްޓިވަލް" ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ.
"އައްޑޫ ޢީދު ފެސްޓިވަލް" ގައި ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯވ ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. އަދި ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ އާއި އެކި އިނާމުތައް ދިނުމާއި ޢީދު ސައި ވެސް އޮންނާނެއެވެ.
"އައްޑޫ ޢީދު ފެސްޓިވަލް" އަކީ އައްޑު އަތޮޅު މީދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމް ކުރާ ހަރަކާތާއި ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދު ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭފަދަ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އައްޑޫ ޢީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ޖައިޝަން ހަމީދު ވިދާޅުވިއެވެ.
ފެސްޓިވަލް އިންތިޒާމް ކުރައްވާ ފަރާތެއްކަމުގައިވާ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ޙައްވާ މުޙައްމަދު ވިދާޅުވީ "އައްޑޫ ޢީދު ފެސްޓިވަލް" ފަދަ ކުލަ ގަދަ ޙަފްލާއެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ޒުވާނުން އިސްނަގައިގެން ބާއްވާ މިފަދަ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ޙައްވާ މުޙައްމަދު ވިދާޅުވިއެވެ.
ޒުވާނުންނާއި މުޖުތަމަޢު ބާރުވެރިކުރުމަކީ ދިރާގުން ޚާއްސަ އިސްކަމެއްދޭ މައިގަނޑު އެއް ދާއިރާއެވެ. މިގޮތުން އެ ކުންފުނިން އަންނަނީ ޒުވާނުންނަށް މުޖުތަމަޢު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ޒުވާނުންނަށް ހުޅުވިގެންދާނެ ތަފާތު މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޒުވާނުންނާއި މުޖުތަމަޢު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ކެނޑިނޭޅި އެއްބާރުލުން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް