މީހުންގެ ގޯސް ވާހަކަ ދެއްކުމާއި ޣީބަ ބުނުންފަދަ ކަންކަމުން ދުރުހެލިވުމަށް ހައްޖު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ހައްޖު ޚުތުބާގައި މުޖުތަމަޢުގައި ފިތުނަ ފަސާދަ ނުއުފެދޭގޮތަށް، މުޖުތަމަޢުގެ އަޚުވަންތަކަން އިސްކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
އެގޮތުން ބޮޑުވަމުން އަންނަ ޖީލަށް، އިސްލާމްދީނުގެ ރިވެތި އަޚުލާޤު އުނގަންނައިދިނުމާއި މައްސަލަތައް ކުރިމަތިވާ ވަގުތު އެކަންކަމަށް ޙައްލު ހޯދުމުގައި މަޑުމައިތިރި ކަމާއި ރިވެތި އަޚުލާގު އިސްކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ. އަދި ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހުތިރާމު ކުރުމަށް ވެސް ގޮވާލެެއްވިއެވެ.
"މީހުންގެ ގޯސް ވާހަކަ ދެއްކުމާއި ޣީބަ ބުނުންފަދަ ކަންކަމަކީ މުޖުތަމަޢު ފަސާދައަށް ހުށައެޅިގެންދާ ކަންކަން. އެކަންކަމުން ދުުރުހެލިވުމަށް ނަސޭހަތްތެރިވަން. އަދި ދީނުގައި ރަނގަޅަށް ހިފާ، މުޖުތަމަޢު ބައިބައިވެ ނުގަތުމަށް ގޮވާލަން." ހައްޖު ޚުތުބާ ގައި ބުންޏެވެ.
މިއަހަރުގެ ޙައްޖު ޚުތުބާގައި ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމްގެ ޙައްޖަތުލް ވަދާއުގައި ދެއްވި ޚުތުބަތުލް ވަދާއުގައި އިސްލާމީ އުއްމަތަށް ދެއްވި ނަސޭހަތްތަކުގެ ހަނދާން އައުކޮށްދީ، އެކަންކަމުގައި ހިފާ މާތްﷲއަށް ފުރިހަމައަށް ކުއްތަންވާ އަޅުންތަކެއްގެ ގޮތުގައި ޢަމަލުތައް ބެހެއްޓުމަށް ވެސް ގޮވާލައްވާފައިވެއެވެ.
ހައްޖު ޚުތުބާ ދެއްވީ މަސްޖިދް އަލް-ނަމީރާ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް