ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު ދެ މީހުން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ އުމުރުން 80 އަހަރާއި 73 އަހަރުގެ ދިވެހި ދެ އަންހެނުންނެވެ.
އެ ދެ މީހުންގެ ތެރެއިން 80 އަހަރުގެ މީހާ ނިޔާވެފައިވަނީ ރޭ 12:45 ގަައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އުމުރުން 73 އަހަރުގެ މީހާ ނިޔާވީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައި ކަަމށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮވިޑުގައި ނިޔާވާ މީހުންގެ މައުލޫމާތެއް އެޗްޕީއޭއިން މިހާރު ގަވާއިދުން އާންމެއް ނުކުރެއެވެ. ނަމަވެސް އެޗްޕީއޭ އިން މިމަހުގެ ދެވަނަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެއިން 306 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް