މާދަމާގެ އީދު ނަމާދަށް ފައިމަގުގައި ދިއުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިފަދައިން އިލްތިމާސް ކުރީ މާލޭގައި މާދަމާ ޢީދު ނަމާދުކުރަނީ ބޮޑު ޖަމާއަތުގައި ކަމަށްވެފައި، އެ ސަރަހައްދުތަކުގެ ޓްރެފިކް ބަންދުކުރުމަށް ނިންމާފައިވާތީއެވެ.
" މޫސުން ތަންދޭނަމަ މާދަމާ ޢީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގަ. އެހެންވެ ގިނަބަޔަކު ދުއްވާ އުޅަނދުތަކުގައި ދިއުމުން ޕާކު ކުރުމަށް ޖާގަ ހޯދުން އުނފަދޫވާނެ." ފުލުހުން ބުންޏެވެ.
މިއަހަރުގ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް މާލޭގެ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ވިލިމާލޭގެ ބޯޅަދަނޑު ވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައެވެ. އަދި މާލޭގެ 32 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ހަވީރު 4:00 އިން ފަށައިގެން އިރުއޮއްސި 6:00 އާ ހަމައަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް