ހައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެއް: ޚުތުބާ

ހައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެއް ކަމަށާއި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. “އަރަފާތު ދުވަހުގެ މާތްކަ...

08 Jul 2022 | 08:55

ހައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެއް ކަމަށާއި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

“އަރަފާތު ދުވަހުގެ މާތްކަން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ މާތް اللهގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް އަރަފާތް ދުވަހުގެ ސަވާބުން މަހުރޫމު ނުވާ ކަމަށެވެ.

" ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތް ދުވަހު ރޯފަހިފުން މޮޅު އިތުރުވެގެންވޭ. އެގޮތުން އަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާގެ އަރިހުން ސާބިތުވޭ." ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާގައި ބުނީ އަރަފާތް ދުވަހަކީ ދުޢާ އިޖާބަ ކުރެއްވުމުގެ ދުވަހެއް ކަމަށާއި އެ ދުވަހު ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުއާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އެހެނީ މާތް الله ހަނދުމަކޮށް އެކަލާނގެ ހަޟްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެއް ކަމަށެވެ.

އެހެންކަމުން އަރަފާތު ދުވަހު ދުޢާ ކުރުން ގިނަ ކުރަންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވޭތިކުރަމުން މިދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއްކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މިއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށާއި ހެޔޮ އަމަލުކުރުން ގިނަކުރަންވީ ދުވަސްތައް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް