ކަރަންޓް ވައިރިން ލައިސަންސް ލިބޭ އިލެކްޓްރިކަލް ކޯސްތަކާއެކު އެމްއައިޓީގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއައިޓީއަކީ ދިވެހި ޒުވާނުން ތަފާތު މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ތަމްރީންކޮށް ދިނުމުގައި 2005 އިން ފެށިގެން ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ. އެގޮތުން، މޯލްޑިވްސް ކޮލިފިކޭޝަނ...

08 Jul 2021 | 13:37

އެމްއައިޓީއަކީ ދިވެހި ޒުވާނުން ތަފާތު މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ތަމްރީންކޮށް ދިނުމުގައި 2005 އިން ފެށިގެން ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.

އެގޮތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ފެންވަރުގެ ތަފާތު ލެވެލް 1 އިން ފެށިގެން ލެވެލް 6 އާއި ހަމައަށް ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. އަހަރަކު ދެ ސެމެސްޓަރ އަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމްގެ ތެރޭގައި އެންޖިނިއަރިން ދާއިރާގެ ޕްރޮގްރާމްތަކުން ފެށިގެން އެޑްމިނިސްޓްރޭޝަން ދާއިރާ އަދި ޓުއަރިޒަމް ދާއިރާގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މިއަހަރު ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތަފްޞީލް ތިރީގައި މިވަނީ އެވެ. ފޭސްބުކް ލިންކް: https://www.facebook.com/mit.mv/photos/a.802677473157756/4154145248010945/

  1. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިން
  2. ސިވިލް އެންޖިނިއަރިން
  3. މެކޭނިކަލް އެންޖިނިއަރިންގ
  4. ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ
  5. ލޭންޑް ސަރވެއިންގ
  6. އިލެކްޓްރިކަލް އިންސްޓަލޭޝަން
  7. މެކޭނިކަލް ޓެކްނީޝަން
  8. އައިޓީ އެންޑް ކޮމިއުނިކޭޝަންސް
  9. ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން
  10. ބިލްޑިންގެ ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް
  11. ޓްރާންސްޕޯޓް ސެކްޓަރ
  12. ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާ

އެގޮތުން ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ފުރިހަމަކޮށް ނިންމާ ދަރިވަރުންނަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދޫކުރާ ވައިރިން ލައިސަންސްގެ ތެރެއިން A ކެޓަގަރީ ލައިންސަންސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދި އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރީޝަން ނިންމާ ދަރިވަރުންނަށް B ކެޓަގަރީ ލައިސަންސަށް ހުށަހެޅުމުގެ ފުރުސަތު އަދި ޑިޕްލޮމާއިން އިލެކްޓްރިކަލް އިންސްޓަލޭޝަން ނިންނާ ދަރިވަރުންނަށް C  ކެޓަގަރީ ލައިސަންސަށް އަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު އެމްއައިޓީގެ ވެބްސައިޓް www.mit.edu.mv އިން ނުވަތަ އެމްއައިޓީގެ ނަންބަރު 3308644 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ތިރީގައިވާ ލިންކުގައި ވާ ގޫގުލް އެޕްލިކޭޝަން ފޯމް މެދުވެރިކޮށް ކޯސްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

https://docs.google.com/forms/d/e/1FAIpQLSfMzn8vOPVi12dh2G9sAd-w_xMiMm9T0StaF4sV_jJo36ncEg/viewform?usp=sf_link

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް