އައްޑޫ އީކުއޭޓާ ވިލެޖް ސަރަހައްދުގެ ފަރު ބޭރުން މަރުވެފަ އޮތް ޓޫރިސްޓެއް ފެނިއްޖެ

އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ގެސްޓް ހައުސް ހިމެނޭ ސަރަހައްދުގެ ފަރު ބޭރުން މަރުވެފައިވާ ޓޫރިސްޓެއްގެ ހަށިގަނޑު ފެނިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ސަދަން އޭރިއާ ކޯސްޓްގ...

08 Jul 2021 | 12:13

އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ގެސްޓް ހައުސް ހިމެނޭ ސަރަހައްދުގެ ފަރު ބޭރުން މަރުވެފައިވާ ޓޫރިސްޓެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ސަދަން އޭރިއާ ކޯސްޓްގާޑަށް ކޮށްފައިވަނީ ހަވީރު 3:30 ހާއިރު ކަމަށެވެ.

އެމީހާގެ ހަށިގަނޑު އޮތީ އެ ގެސްޓު ހައުސްގެ އިރު އުތުރު ފަރު ބޭރުގައި އެވެ. އެމްއެންޑީއެފް ޑައިވަރުން މިހާރު ވަނީ އެމީހާގެ ހަށިގަނޑު ނަގާފައި އެވެ.

އަދި ފޭދޫ ސިއްހީ މަރުކަޒަށް ހަވީރު4:36 ހާއިރު ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

https://twitter.com/MNDF_Official/status/1413107160855179272

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް