އެކި ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ފޭކް ސްލިޕް ފޮނުވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން ވަނީ އެމީހާގެ ފޮޓޯ އާއި އެކު ވަނަވަރު އާންމު ކޮށްފައި އެވެ. މި މައްސަލައިގަ ފުލުހުން ހޯދަމުން ދަނީ ހއ. ދިއްދޫ، ވިނޯލިޔާގެ، އުމުރުން 32 އަހަރުގެ އިބްރާހީމް ހަލީލް، އެވެ.
ފުލުހުން ބުނީ އޭނާގެ މައުލޫމާތު އާންމު ކުރީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން އިބްރާހިމް ހަލީލް ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، އެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގާކަމަށެވެ.
އޭނާ އަށް އަންގާފައި ވަނީ މި މަހު 15 ވަނަ ދުވަހު ހަވީރު 4:00 އަށް ޝާހީދު ހުސެއިން އާދަމް ބިލްޑިން އަށް ހާރިޒުވުމަށެވެ.
ފުލުހުން ބުނީ އެމީހާ ވަނީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައި ކަމަށެވެ.
މަކަރާއި ހީލާތުން މީހުންގެ އަތުން ފައިސާ ފޭރުމާއި ވިޔަފާރި ކުރުމަށް ފަހު ފޭކް ސްލިޕްތައް ފޮނުވުމުގެ މައްސަލަތައް މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު މި އަހަރު މިހާތަނަށް ދެ ގުނަ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް