ނަފުރަތުގެ ބިލު އެންމެ ފަހުން އަނބުރާ ކޮމިޓީއަށް ފޮނުވަން ނިންމައިފި

ނަފުރަތު އުފެއްދުން ކުށަހަކަށް ހަދަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު ކޮމިޓީން ގެނައި ބަދަލުތަކާއި އެކު ފާސްކުރުމަށް ތަޅުމަށް ހުށަހަޅަން ފަހުވަގުތަށް ވެފައި ވަނިކޮށް ބިލް އަނބުރާ ކޮމިޓީއަށް ފޮނު...

08 Jul 2021 | 10:07

ނަފުރަތު އުފެއްދުން ކުށަހަކަށް ހަދަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު ކޮމިޓީން ގެނައި ބަދަލުތަކާއި އެކު ފާސްކުރުމަށް ތަޅުމަށް ހުށަހަޅަން ފަހުވަގުތަށް ވެފައި ވަނިކޮށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ މެމްބަރުން ނިންމައިފި އެވެ.

މި ބިލު ދިރާސާ ކޮށ ނިންމުމަށް ފަހު މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ނެގި އެވެ. އަނެއްކާ މިއަދުގެ ޖަލްސާއަށް އެ ރިޕޯޓު އެޖެންޑާ ކޮށްފައިވާއިރު އެމްޑީޕީން ނިންމާފައިވަނީ ބިލު އިތުރަށް އިސްލާހު ކުރުމަށް މަޖިލީހަށް އަނބުރާ ފޮނުވާލާށެވެ.

މިލު އަނބުރާ ފޮނުވާލާފައި މިވަނީ އެ ޕާޓީއަށް ޕްރެޝަރު ބޮޑުވެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި މަޖިލީހުގެ10 މެމްބަރަކު ސޮއިކޮށް ބިލަށް ތާއީދު ނުކުތާނެ ކަން ހާމަކޮށް ބަޔާނެއް ނެރެފައިވާއިރު އެމްޑީޕީގެ ތެރެެއިން ބައެއް މެމްބަރުންވެސް ވަނީ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ނަފުރަތުގެ ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އެންމެ ތިން އިދާރާގެ ހިޔާލު ހޯދައިގެންނެވެ. އެއީ އިސްލާމިކް މިނިސްޓްރީ އާއި އެޗްއާރުސީއެމާއި ޕީޖީ އޮފީހެވެ. އެކަމަކު އެ އިދާރާތަކުން ވަނީ ބިލަށް އެތަންތަނުން ފޮނުވާފައިވާ އިސްލާހުތަކަށް އެކަށީގެންވާ ގޮތުގައި ރިއާޔަތް ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

ނަފުރަތު ހުއްޓުވާ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރި އިރު އެބިލަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް