އަތޮޅު ތެރޭގެ ރަށްރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ކުޑަކުދިން ކަަންޓީނުން ދޫކޮށްލަން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުން ކަރަންޓީން ވުމައި ނުލައި ޕީސީއާރު ނެގެޓިވް ޓެސްޓެއްގެ ނަތީޖާ އޮތްނަމަ ދަތުރު ކުރެވޭގޮތަށް ހަމަޖެއްސީ މިއަދުން ފެށިގެންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ނުހިމެނޭތީ ޝަކުވާ އިތުރުވެފައި ވަނިކޮށް އެޗްޕީއޭއިން ވަނީ ކުޑަކުދިންވެސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައި އެވެ.
އެޗްޕީއޭއިން މިއަދު ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިވަގުތު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާއި އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ ކުދިން، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.
އެމީހުންގެ އިތުރުން، ދެން ލުއިދިނީ ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް-19 އިމަޖެންސީ ޔޫސް ލިސްޓުގައި ހިމަނާފައިވާ ވެކްސިން ފުރިހަމަ ކުރި މީހުންނަށެވެ.
އެޗްޕީއޭ އިން ބުނީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނޭ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، މީހުންގެ ތެރެއިން ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެމީހަކު ދަތުރުކުރާ ތަނެއްގައި ޕޮޒިޓިވިޓީ ރޭޓް ފަހަކަށް ވުރެ ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓު ވެސް ފަހަކުން ދަށުގައި ހުރުމާ ގުޅިގެން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށްރަށް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީވުމެއް ނެތި ދަތުރުކުރެވޭނެ އެވެ.
އެކަމަކު މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ރިސޯޓުތަކަށް ކަރަންޓީން ނުވާ ގޮތަށް ދަތުރެއް ނުކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް