އައްޑޫ ހުޅުދޫ ބަނދަރުގެ 63 ޕަސެންޓު މަސައްކަތް ނިންމައިފި

އައްޑޫ ސިޓި ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިއްޖެ އެވެ. މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ ބަނދަރުގެ...

08 Jul 2021 | 08:51

އައްޑޫ ސިޓި ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ ބަނދަރުގެ މަސައްކަތްތަކުގެ ތެރެއިން އާ ބަނދަރުގެ ބޭސިން ފުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދޫގެ 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އެމްޓީސީސީން ބުނީ މަސައްކަތް ނިމޭއިރު 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަސެވެ.

މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 65.1 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް