ބޮޑު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމާއި މެދު އާންމުން ދެކޭގޮތް ބަލަން ސިޓީ ކައުންސިލުން ބޭނުން ވެއްޖެ އެވެ.
ބޮޑު އީދު ފުރަތަމަ ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. ހިޔާލު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އެވެ.
ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހިނގާފައި އުޅޭ ވަގުތު ކަނޑައަޅާނީ އާންމުން އެދޭނަމަ މާލޭގައި އެކަނި ކަމަށާއި އޭގައި ހުޅުމާލެ އަދި ވިލިމާލެ ނުހިމެނޭނެ ކަމަށެވެ. އެގޮތުން ކައުންސިލުން ވަނީ ހަތަރު ހުށަހެޅުމެއް ހުށަހަޅައި ހިޔާލަށް ހުޅުވާލާފައި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަވީރު 4:00 ން ރޭގަނޑު 10:00 އަށް، ހަވީރު 4:00 ން ރޭގަނޑު 8:00 އަށް އަދި ހަވީރު 4:00 ން 6:00 އަށް ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައެޅުމަށެވެ. މީގެ އިތުރުން މިގޮތަށް ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށް ތާއީދު ނުކުރާނަމަ އެކަމަށްވެސް ވޯޓު ދެވެ އެވެ.
https://twitter.com/MaleCitymv/status/1413049683811835905
މީގެ ކުރީ އަހަރުތަކުގައި އީދާއި މިނިވަން ދުވަސް ފަދަ ދުވަސްތަކުގައި ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުތައް ކަނޑައަޅާފައި ވެއެވެ. ގިނަ ބައެއްގެ ތާއީދު މިކަމަށް ލިބުނަސް އެކަމާއި ދެކޮޅު ހަދާ މީހުންވެސް މަދެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް