މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދާމާ ހެނދުނު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ސްޓޭލްކޯއިން ބުނީ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަނީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެ...

08 Jul 2021 | 08:26

މާލޭގެ ބައެއް ސަރަހައްދުތަކުން މާދާމާ ހެނދުނު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓޭލްކޯއިން ބުނީ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަނީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެއް ކުރުމަށެވެ. މިއީ މި ޕްރޮޖެކްޓު ނިންމާލައި، މާލޭގެ މެއިން ސިސްޓަމާ ގުޅާލުމަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާދަމާ ކަރަންކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ން 9:00 އަށް ކަމަށެވެ. ވަކި ގަޑިއެއް ކަނޑައަޅައިފައިވީ ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ވަނީ ކަރަންޓު ކެނޑޭ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައި އެވެ.

https://twitter.com/STELCOMALDIVES/status/1412988785600520201

ސްޓެލްކޯއިން ކުރިއަށްގެންދާ އިންޓަކަނެކްޝަން ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް އަދި މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ދެވޭނެ އެވެ.

ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް