ދުބާއީ ޕޯޓުގައި އޮތް ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ ސިޓީ ދުބާއީގެ ޕޯޓުގައި އޮތް ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ. މި ގޮވުން ގޮވާފައިވަނީ ޖަބަލް އަލީ ޕޯޓުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ...

08 Jul 2021 | 08:15

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ ސިޓީ ދުބާއީގެ ޕޯޓުގައި އޮތް ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ.

މި ގޮވުން ގޮވާފައިވަނީ ޖަބަލް އަލީ ޕޯޓުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ގޮވުން ގޮވާފައިވަނީ ބޯޓުގުައި ހުރި ކޮންޓެއިނަރެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދުބާއީ މީޑިއާ އޮފީހުން ބުނީ ި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ވެސް ނުލިބެ އެވެ.

ކޮންޓެއިނަރުގައި އެ އެއްޗެއް ގޮވި އަޑު، އެތައް ކިލޯމީޓަރެއްގެ ދުރަށް އިވުނުކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ގޮވުމާއި އެކު ދުބާއީގެ އެތައް ކިލޯމީޓަރެއްގެ ދުރުގައި ހުރި އިމާރާތްތަކަށް ގުޑުން އެރިކަމަށާއި، އެއްޗެއް ގޮވުމާ އެކު ބިޔަ އަލިފާން ބޯޅައެއް ގޮތަށް ހުޅުގަނޑު ވަރަށް މައްޗަށް އަރައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ.

މި ހާދިސާގައި ބޯޓުގެ ތައްޓު މަތީގައި އަލިފާން ރޯވި އެވެ. އެ އަލިފާންގަނޑު ނިއްވައިލީ ބޯޓުގެ ފަޅުވެރިންނާއި ދުބާއީގެ ސިވިލް ޑިފެންސްގެ މުވައްޒަފުން ކުރި މަސައްކަތުންނެވެ.

ޖަބަލް ޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ބަނދަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް