މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފައި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެ ފި އެވެ. މެޓް އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އ...

08 Jul 2021 | 04:37

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެ ފި އެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެއީ ހެނދުނު 8:15 ން މެންދުރު ފަހު 2:00 އަށެވެ.

އެވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަށް ބުނެ އެވެ. އެގޮތުން އާންމު ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

ދެކުނުގެ އަތޮޅުތަކަށްވެސް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

ރާއްޖެއަށް މިހާރު މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާޜު ގަދަވެފައިވާތީ ކަމަަށް މެޓް އޮފީހުން ބުނެ އެވެ. އެ އިދާރާއިން ބުނީ ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއިބައެއް ސަރަހައްދުތަކަށް 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް ކަނޑު ދަތުރު ކުރާ ފަރާތްތަކާއި އާންމުކޮށް ހުރިހާ އެންމެންނަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް