މީރާއަށް ލެވުނު ހެދުން ގޯސްވެއްޖެ، މީހުން ބުނީ އޮޅިގެން ލެވިފަ ހުރީ ދަރިފުޅުގެ ސްކާޓް ކަމަށް!

ބޮލީވުޑްގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓަކީ ފިލްމު ނުކުޅުނަސް މަޝްހޫރުކަން ކުޑަ މީހެއް ނޫނެވެ. ޝާހިދު އާއި ވަކިން އެކަނި ނުވަތަ އެހެން މީހަކާއި އެކު ތަނަކަށް ދިޔަޔަސް މީރާ ފަހަތުން ޕަ...

08 Jul 2021 | 03:31

ބޮލީވުޑްގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓަކީ ފިލްމު ނުކުޅުނަސް މަޝްހޫރުކަން ކުޑަ މީހެއް ނޫނެވެ.

ޝާހިދު އާއި ވަކިން އެކަނި ނުވަތަ އެހެން މީހަކާއި އެކު ތަނަކަށް ދިޔަޔަސް މީރާ ފަހަތުން ޕަޕަރާޒީން ނޫޅޭވަގުތެއް ނުދެ އެވެ. އެހެންވެ މީރާ ކުރާ ހުރިހާ ކަމަކާއި ހެދުން އަޅާއި ގޮތާއި އޭނާގެ ހިޔާލާއި ފިކުރު ހުންނަ ގޮތަކީ ނޫސްތަކުގައި ލިޔާ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.

މިފަހަރު ވެގެން މިއުޅޭގޮތަކީ މީރާއަށް މާ ކުރު ހެދުމެއް ލެވުނީ އެވެ. މީރާ ލައިގެން ހުރީ އަޅި އާއި ޗޮކުލެޓު ކުލައިގެ ވަރަށް ކުރު ސްކާޓަކާއި ހަމަ އެކުލައުގެ ޓިއުބެކެވެ.

މީޑިއާގައި އެ ވީޑިއޯ އާންމުކޮށްފައިވަނީ ޝާހިދުގެ އަންހެނުން ބޭރުން ފެނުނު ވާހަކަ އާއި އޭނާ ފެނުނު ތަނުގެ ވާހަކަ އެވެ. އެކަމަކު މިފަހަރު މީރާއަށް ލިބުނީ ސަޕޯޓަށްވުރެ ފާޑުކިޔުމާއި މަލާމާތުގެ ބަސްތަކެވެ. އަދި މީޑިއާއަށްވެސް މީހުން ހިތްހަމަ ނުޖެހުމުގެ ބަސްތައް އަމާޒުކޮށްފައިވެ އެވެ.

އެގޮތުން ބައެއް މީހުން ވަނީ ދަރިފުޅު މިޝާ ކަޕޫރުގެ ސްކާޓެއް ލައިގެން ބޭރުގައި އުޅެނީ ކަމަށް ބުނެ ޖޯކު ޖަހާފަ އެވެ. އަނެއް ބަޔަކު ވަނީ އެއީ އެވަރުން މީޑިއާގެ ސަމާލުކަން ހުއްޓަން ޖެހޭވަރުގެ މީހެއް ނޫން ކަމަށާއި އެއީ ފިލްމު ސްޓާއެއްވެސް ނޫން ކަަށެވެ.

އޭނާ އަކީ ފިލްމީ ތަރިއަކަށް ނުވިނަމަވެސް އެއީ ޝޯޝަލް މީޑިއާގައި ވަރަށް ނުފޫޒުގަދަ މީހެކެވެ. ޝާހިދު އާއި ކައިވެނި ކުރިފަހުން މީރާގެ ކަންކަމަށް ސަމާލުކަން ދޭ މީހުން ގިނައިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރުމުން އެކަން ބަލަން ބޭނުންވާ މީހުންވެސް ވަރަށް ގިނަ އެވެ.

އަދި އޭނާ ކުރު ސްކާޓެއް ލައިގެން އިންޑިއާ މީހުންނަށް ކަމުނުދާންވީ މިއަދަކު ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މީރާ އަކީ އާންމުންގެ ތެރެއަށް ނުކުންނަ އިރު އެންމެ ކުރުކޮށް ހެދުން އަޅާ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ މީހަކަށް ވާތީ އެވެ.

ޝާހިދު އާއި މީރާ ކައިވެނިކޮށްފައިވަނީ 2015 ޖުލައި ހަތެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް