މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒުގެ ދަރިފުޅު އައިރީން އަބްދުﷲ މުއާޒް (ރޫބީ) އަށް ހަތް އަހަރު ފުރުނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.
އެ ދުވަހު އުފަން ދުވަސް ފާހަގަ ކުރުމަށް މާ ބޮޑު ކަންތައްތަކެއް ނުކުރެ އެވެ. މުއާ އިންސްޓަގްރާމްގައި ދަރިފުޅުގެ ފޮޓޯއެއް ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކީއިރު އަންހެނުން މަރިޔަމް އައްޒަވެސް ވަނީ ދޮންދަރިފުޅު ރޫބީއާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ލޯބި މެސެޖަކާއި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.
ރޫބީ އާއި ރޫބީގެ އުފަން ދުވަސް އައްޒައަށް ހާއްސަ ވަރު މިހާރު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަމުންނެވެ. މިއީ މުއާ އާއި އައްޒަ ކައިވެނި ކުރި ފަހުން ރޫބީގެ އުފަން ދުވަސް އައި ދެވަނަ އަހަރެވެ.
އައްޒަ އާއި މުއާ ވަނީ ރޫބީގެ އުފަންދުވަސް ކުލަގަދަކޮށް އާއިލާ އާއި އެކު ފާހަގަ ކޮށްފައި އެވެ. އެގޮތުން ދެމަފިރިން ވަނީ އެލް.އޯ.އެލް ތީމް ޕާޓީއެއް ރޫބީއަށް ބާއްވައިދީފަ އެވެ. ކޭކާއި ކަޕް ކޭކާއި ފުއްޕާހަންތައް އަދި މުޅި ބެކްގްރައުންޑު ހުރީ އެ ތީމްއިން ޖަރީކޮށްފައި އެވެ. އަދި ރޫބީ ލައިންގެން ހުރީވެސް އެލް.އޯ.އެލް ތީމްގެ ފިޔާތޮށްޓާއި ހުދު ކުލައިގެ ހެދުމެކެވެ.
https://www.instagram.com/p/CRBTEBpA7t7/
އެ ޕާޓީގައި އައްޒަގެ ދަރިފުޅު އީތަން އިސްމާއިލް ޖުމައިހްވެސް ބައިވެރިވެފައިވާއިރު ދެ ކުދިންނާއި އެކު ދެމަފިރިން ވަރަށް ރީތި ފުރިހަމަ ފޮޓޯއެއް ނަގާފައިވެ އެވެ. އޭގެ ފަހުން ރޫބީގެ އުފަންދުވަހުގެ ހަރަކާތްތައް ނިމުނީ ކަަމަށް ހީކޮށް ތިއްބަ އިއްޔެ އައްޒަ އިންސްޓްގަރާމްގައި ވަނީ ރޫބީއަށް ވަރުގަދަ ސަޕްރައިޒް ހަދިޔާ ފޮށްޓެއް ދިން ވީޑިއޯއެއް އާންމުކޮށްފައި އެވެ.
އެ ފޮށި ކަނޑައިގެން ރޫބީ އޭގައި ހުރި އެއްޗެހި ނަގާތަން ދައްކާލާފައިވާއިރު އެ ފޮށީގައި އެލް.އޯ.އެލް ތީމްގެ ނެތް އެއްޗެއް ނެތެވެ. އެ ތީމްގެ އަތުކުރި ގަޑި، ސައިބޯ މަގު، ކުޝަން، އަވި އައިނު، ބޮލުގައި ޖަހާ ދައްޗާއި ބޭންޑާއި، ޕެންސިލް ކޭސް، ކުލަ ފަންސޫރުފޮށި، ގަލަން، ކުޅޭ ކައްކާ ސެޓެއް، ނޯޓު ފޮތެއްގެ އިތުރުން ދަބަހަކާއި ފެންފުޅިއެއްގެ އިތުރުން އަދިވެސް ބައިވަރު އެއްޗެހިހުއްޓެވެ.
އެ ފޮށިން ކޮންމެ އެއްޗެއް ނަގާއިރު ރޫބީގެ މޫނުމަތިން އުފާވެރިކަމައި ހައިރާންކަން ފެނިގެންދެ އެވެ. މި ހަދިޔާ ދިން ވީޑިއޯ އާންމު ކުރުމުން މުއާ ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ އައްޒައަކީ ބެސްޓު ކަމަށާއި ރޫބީއަށް ދިން ހަދިޔާއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
https://www.instagram.com/p/CRBXI5dAnUZ/
މުއާ އާއި އައްޒަ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގައި އައި އެންމެ ރީތި އެއް ތާރީހު ކަމަށްވާ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް