ރަމްޟާން މަހު ދުވާލުގެ ވަގުތުގައި ދަޅާއި ސިނގިރޭޓް ބޯންތިބި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު އއ. ރަސްދޫން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށާއި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢާއްމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު 15:15 ހާއިރު އއ. ރަސްދޫ ހުޅަނގުފަރާތު އަތިރިމަތީގައި ދަޅާއި ސިނގިރޭޓް ބޯން ތިބި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އެމީހުން ތިބި ސަރަހައްދުން ބޮއެފައިހުރި ސިނގިރޭޓާއި ދަޅު ފެނިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް