އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އާއި ސަރުކާރާ ދެމެދު ކުރިއަށްދާ މަޝްވަރާގެ މިރޭގެ ބައްދަލުވުން މިރޭ ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭގެ ބައްދަލުވުން ކެންސަލްވީ ބައެއް ބޭފުޅުން ރަށުގައި ނޫޅުއްވާތީ ކަމަށެވެ.
https://twitter.com/SpokespersonMV/status/618726627053207552
މަޝްވަރާގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އެރޭގެ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެކަމުގައި އަމަލުކުރެވިދާނެ ގޮތްތަކެއް ދެން އޮންނަ ބައްދަލުވުމެއްގައި ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.
މަޝްވަރާތަކާ ބެހޭގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި ނަމަވެސް ދެފަރާތުންވެސް ސުންގަޑީތަކެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މަސްވަރާތަކަކީ ވަކި ބަޔަކު މޮޅުވެ ބަލިވުން ކަނޑައަޅާ މަޝްވަރާތަކެއް ނޫން ކަމަށާއި އަދި މި މަޝްވަރާތައް ކުރިއަށްދަނީ ރާއްޖޭގއި ޖެހޭ މައްސަލަތަކަށް ދިގު މުއްދަތަކަށް ހައްލެއް ހޯދުމަށް އެއްބަސްވުންތަކަކަށް އައުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް