އިއްޔެ ފިހާރައެއް ތެރޭގައި ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހޯދަނީ

ފުލުހުން ހާމަކުރައްވާ ގޮތުގައި ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ، 2015 ޖުލައި 07 ވަނަ ދުވަހު 11:27 ހާއިރު މާލޭ ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮ...

08 Jul 2015 | 09:04

ފުލުހުން ހާމަކުރައްވާ ގޮތުގައި ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ، 2015 ޖުލައި 07 ވަނަ ދުވަހު 11:27 ހާއިރު މާލޭ ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުންކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.

https://youtu.be/adHwgvoR-fQ

ވީމާ މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ނުވަތަ މި ހާދިސާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

އަދި ހަމަ އެއާއެކު މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމަށް ފުލުހުން ޝުކުރު އަދާ ކުރެއްވެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް