ފުލުހަކަށް ފިލަން ދުއްވަނިކޮށް އެކްސިޑެންޓްވި މައްސަލަ ޕީއައިސީއަށް ހުށަހަޅައިފި

ހުޅުމާލޭގައި ފުލުހަކަށް ފިލަން ދުއްވަނިކޮށް އެކްސިޑެންޓްވެ ޒުވާނަކު މަރުވި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ހުށަހަޅައިފި އެވެ. މިއަދު އެ މައްސަލަ ޕީއައިސީއަށް ހުށަހަޅާފައި ވަނީ އަ...

08 Jul 2015 | 08:38

ހުޅުމާލޭގައި ފުލުހަކަށް ފިލަން ދުއްވަނިކޮށް އެކްސިޑެންޓްވެ ޒުވާނަކު މަރުވި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ހުށަހަޅައިފި އެވެ.

މިއަދު އެ މައްސަލަ ޕީއައިސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.

ޕީއައިސީގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް މިއަދު ބައެއްމީޑިއާ ތަކަށް ވިދާޅުވީ އެ މައްސަލަ އެކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ސަރީރާ އިތުރަށް ވިދާޅުވީ މިއަދު އެ މައްސަލަ ބެލުމަށް ފަހު ވީއެންމެ އަވަހަކަށް ވަކިގޮތެއް ނިންމާނެ ކަމަށެވެ.

އިއްޔެރޭ ހިނގި އެ އެކްސިޑެންޓްގައި ޒަހަމުވި ދެ މީހުންގެ ތެރެއިން އެކަކު މަރުވެ، އަދި އަނެއް މީހާގެ އަތާއި ފައި ދެ ތަނުން ބިނދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ އެމީހުން ދުއްވާފައި ދިޔަ އިރު، އެއްޗެއް އެއްލާލި މަންޒަރު ފެނުނު ކަމަށެވެ. އަދި ފުލުހުން ގޮސް ބެލި އިރު އެއީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ސެލޯފިންކޮޅު ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް