ހއ. ތަކަންދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 12:25 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން ޒަހަމްވެފައިވަނީ 42 އަހަރުގެ މީހެކެވެ. ހަމަލާ ދީފައިވަނީ ހޮޅިއަށީގައި ހިނގި ޒުވާބަކަށްފަހު ކަމަށާއި ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އެ މީހާގެ ކަނާތު ކަންފަތް ކައިރިއަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް