އީޔޫ ޕާރލިމަންޓުގެ ރައީސް އާ ރައީސް ނަޝީދުގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޕާލިމަންޓުގެ ރައީސް މާރޓިން ޝޯލްޓްޒް އާއި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަންގާރަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. ސްޓްރަސްބޯރގްގައި ހުންނަ ޔޫރަޕިއަން ...

08 Jul 2015 | 07:06

ޔޫރަޕިއަން ޕާލިމަންޓުގެ ރައީސް މާރޓިން ޝޯލްޓްޒް އާއި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަންގާރަ ދުވަހުގެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

ސްޓްރަސްބޯރގްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނު ހަދާ މަޖިލިހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާ ޤާރާރު ފާހަގަ ކުރައްވައި ޤަރާރުގައި ހިމަނާފައިވާ ކަންކަމާމެދު މަޝްވަރާ ކުރެވުނު ކަމަށާއި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ އަދި ހީނަރުވަމުން އަންނަ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން މައުލޫމާތު ދޭގޮތުގައި ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އީޔޫ ޕާރލިމަންޓުގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ލައިލާ ޝުކުރު އަދާކުރެއްވިއެވެ.އަދި ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޖެރެޑް ގެންސަރ ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް