ޕްރެޝަރުން އަރައިގަތުމަށް މާޒިޔާއިން ގޮތެއް ހޯދަންޖެހޭ: ސުޒޭން

މަހިބަދޫ ސްޕޯޓްސް އަތުން އެއްވަރުވުމާ ގުޅިގެން ވެއްޓުނު ޕްރެޝަރުން އަރައިގަތުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގޮތެއް ހޯދަން ޖެހޭކަމަށް އެކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ. ދިވެހި ...

08 Jul 2015 | 04:57

މަހިބަދޫ ސްޕޯޓްސް އަތުން އެއްވަރުވުމާ ގުޅިގެން ވެއްޓުނު ޕްރެޝަރުން އަރައިގަތުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގޮތެއް ހޯދަން ޖެހޭކަމަށް އެކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ރޭ މަހިބަދޫ އަތުން މާޒިޔާ އެއްވަރުވެފައިވަނީ 1-1 ލަނޑުންނެވެ. މިއީ ޖެހިޖެހިގެން މާޒިޔާ އެއްވަރުވި ދެވަނަ މެޗެވެ. މިދިޔަ ހަފްތާގައި ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ އެއްވަރުވީ 2-2 ލަނޑުންނެވެ.

"ޑިފެންސިވް މިސްޓޭކްއަށްފަހު މާޒިޔާ ފެނިގެންދިޔައީ ވަރަށް މަޑުމަޑުން ކުޅެމުންދިޔަ ތަން. މިހެންވެ ޕްރެޝަރަށް ވެއްޓިގެން މިދިޔައީ. މި ޕްރެޝަރުން އަރައިގަތުމަށް މާޒިޔާއަށް ގޮތެއް ހޯދަން އެބަޖެހޭ،" މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުންޏެވެ.

މާޒިޔާގެ ކޯޗު ބުނީ މިމެޗުން މާޒިޔާ އެއްވަރުވުމާ ގުޅިގެން ނިއުއަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި މަހިބަދޫ އަތުން އެއްވަރުވީ ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުން ކަަމަށެވެ.

"މެޗުގައި މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު. ޕަބްލޯއަށް މެޗުގައި ބައިވެރިނުވުވުނުއިރު، އަސަދުﷲ ވެސް މެޗަށް ނުކުތީ އަނިޔާގައި ހުރެ. މި ނަތީޖާއާ ގުޅިގެން ނިއުއަށް ހަމަޖެހިލައިގެން ކުޅެވިދާނެ،" އޭނާ ބުންޏެވެ.

ލީގުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ. މި މެޗު ފެށެމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް