މާޒިޔާ އަތުން މަހިބަދޫއިން ލީގުގެ ފުރަތަމަ ޕޮއިންޓް ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިފަހައްޓައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިތާ މާގި...

08 Jul 2015 | 04:52

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިފަހައްޓައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް މަހިބަދޫއިން ވަނީ ލީޑު ނަގައިފައެވެ. މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން މެޗުގެ ދެވަނަ މިނެޓްގައި މަހިބަދޫއަށް ލީޑު ނަގައިދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް އެންޑަސަން އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި މަހިބަދޫއިން ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން މަހިބަދޫ ކުރީގައި އޮވެގެންނެވެ.

ލީޑުގައި އޮވެ ފުރަތަމަ ހާފް މަހިބަދޫއިން ނިންމާލި ނަމަވެސް، މެޗުގެ 62 ވަނަ މިނެޓްގައި މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ހިލޭ ޖެހުމަކުން އުމައިރު ދިން ބޯޅައަކުން މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

މި ނަތީޖާއާއެކު 9 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި މާޒިޔާ އޮތްއިރު، މަހިބަދޫ އޮތީ ޕޮއިންޓަކާއެކު ލީގުގެ ފުލުގައެވެ.

ލީގުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ. މި މެޗު ފެށެމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް