އިންޑިއާ އަދި ޔޫކޭއިން ޓެރަރިޒަމާ ދެކޮޅަށް ދޭ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ބްރިޓިޝް ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ނިއުދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކޮށް ޔޫކޭ އާއި އިންޑިއާ އާ ދެމެދު ޓެރަރިޒަމާ ދެކޮޅަށް ދޭ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުން މަ...

08 Jun 2025 | 02:27

ބްރިޓިޝް ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ނިއުދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކޮށް ޔޫކޭ އާއި އިންޑިއާ އާ ދެމެދު ޓެރަރިޒަމާ ދެކޮޅަށް ދޭ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވަފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައި މިވަނީ ކަޝްމީރުގައި މި ފަހުން ދިން ހަމަލާގައި 26 މީހުން މަރުވުމަށްފަހުގައެވެ. އިންޑިއާއިން ބުނަނީ މި ހަމަލާ ދިނީ ޕާކިސްތާނުގައި ތިބޭ ޓެރަރިސްޓުން ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެކަމުގައި ބައިވެރިވިކަމަށް ދެކޮޅަށް ހަދައެވެ. މި ހަމަލާއަށްފަހު ދެގައުމުގެ ދެމެސުގައު އޮތް ނުތަނަވަސްކަން ބޮޑުވެ ދެ ގައުމުގެ ސަރަހައްދުތަކަށް ހަމަލާދޭން ފެށުނެވެ. ނަމަވެސް މެއި 10 ގައި ދެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ.

ހަނގުރާމަ ހުއްޓާލުމަށްފަހު އިންޑިއާ އާއި ޕާކިސްތާނަށް ޒިޔާރަތްކުރި ފުރަތަމަ ހައި ލެވެލް ބޭރުގެ ޑިޕްލޮމެޓަކީ ލެމީއެވެ. އޭނާ ވިދާޅުވީ އިންޑިއާ ހަލަބޮލިކުރުމަށް އަމާޒުކޮށްގެން ހިންގާ ޓެރަރިޒަމަކީ އަދިވެސް ބޮޑު ނުރައްކަލެއް ކަމަށާއި، އެކަމާ ދެކޮޅަށް އިންޑިއާއާއެކު މަސައްކަތްކުރުމަށް ޔޫކޭ ތައްޔާރަށް އޮތް ކަމަށެވެ. މަޝްވަރާތަކުގައި ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާއި އިންޓެލިޖެންސް ހިއްސާކުރުން ރަނގަޅުކުރުން ހިމެނެއެވެ.

ސެކިއުރިޓީގެ އިތުރުން، ލެމީ ވިދާޅުވީ އިންޑިއާއާއެކު ވިޔަފާރީގެ މިނިވަން އެއްބަސްވުމެއްގައި ސޮއިކުރުމަށް ޔޫކޭ އިން ޝައުޤުވެރިކަން ފާޅުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް