ފަލަޞްޠީނުން މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު މައްކާއަށް ގޮސްފިއެވެ.
މި އަހަރު ފަލަޞްޠީނުން 8000 މީހަކު ޙައްޖަށް ދާން ހަމަޖެހިފައިވާއިރު މިއަދު ގޮސްފައިވަނީ އޭގެތެރެއިން 850 ޙައްޖާޖީންނެވެ.
ފަލަޞްޠީނުގެ ޙައްޖާޖީންނަށް މަރުޙަބާ ކިޔާފައިވަނީ ފިނިފެންމަލާއި ޒަމްޒަމް ފެނުންނެވެ. މިއީ ޚާއްޞަ އިންތިޒާމެއްގެ ދަށުން އިންތިޒާމު ކުރެވިގެންދިޔަކަމެއްކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް