ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާގޮތުން އެއްވެސް ފަރާތަކަށް ޙައްޖު ކިއުއަށް ނުފޫޒު ނުފޯރުވޭނެކަމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ޝަކީލް ވިދާޅުވެފައިވަނީ 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި ކަމަށެވެ.
"1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި އަންނަ ހައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފި" ޝަކީލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންގެ ތިން ގްރޫޕެއް މިހާތަނަށް ވަނީ މައްކާއަށް ގޮސްފައެވެ. ހަތަރުވަނަ ގްރޫޕް އަންނަ ހޯމަ ދުވަހު ފުރާނެއެވެ.
މި އަހަރު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1150 ދިވެއްސަކު ޙައްޖަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް