އިސްރާއީލުން މިއަދު ޣައްޒާގައި ހިންގި ގަތުލުއާންމެއްގައި 200 އަށްވުރެ ގިނަ މީހުން މިއަދު ޝަހީދުކޮށްލައިފިއެވެ.
މި ގަތުލުއާންމު ހިންގާފައިވަނީ ދެއިރް ބަލަޙާއި ނުސެއިރަތު ކޭމްޕް ސަރަހައްދުގައެވެ.
ޣައްޒާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި އިސްރާއީލުގެ މިއަދުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 210 އަށް އަރާފައެވެ. އެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ.
ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނަކު ބުނެފައިވާގޮތުގައި ޒަޚަމްވެފައިވާ ހާލުގައްޔާއި ހާލަތު ނޭނގޭ ހާލަތުގައި އެތައް ބައެއްގެ ހަށިތައް އަދިވެސް އެ ސަރަހައްދުގެ މަގުތައްމަތީގައި ހުރި ކަމަށެވެ.
އިސްރާއީލުގެ މިއަދުގެ ހަމަލާތަކާއި ގުޅިގެން ފަލަޞްޠީނުގެ ރައީސް މަހްމޫދު އައްބާސްވަނީ އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް