ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ދިވެހި ކަނޑުތައް: ރައީސް

ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ދިވެހި ކަނޑުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ރައ...

08 Jun 2024 | 13:33

ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ދިވެހި ކަނޑުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްްވިި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ޗާޓުގައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގެ މުހިންމުކަން އަދި އެ ކަނޑުތަކުގައިވާ ގުދުރަތީ ޗާލުކަމާއި ނަލަކަމާއި އަދި އެ ކަންޑުތަކުގައިވާ ރޯއްޖާއި ޙަޒާނާތަކަކީ، ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.

ރާއްޖޭގެ 99 އިންސައްތަ ސަރަހައްދަކީ ކަނޑަށް ވާއިރު ސަރުކާރުގެ އަމާޒަކީ ކަނޑާއި، ކަނޑުގެ ސަރަހައްދު ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގު ފަހި ކޮށްދެއްވުމެވެ. އަދި އެކަމަށް މަސައްކަތް ކޮށް އިންވެސްޓްމެންޓް ހޯދުމެވެ.

ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު24 ގަޑިއިރު ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމަށް މިހާރު ވަނީ ޑްރޯންތައް ބޭނުން ކުރަން ފަށާފައެވެ. މީގެއިތުރުން މަސްވެރިކަން ފުޅާ ކުރުމާއި، ކަނޑުގެ ގިނަ ސަރަހައްދުތަކުގައި ވަސީލަތްތަށް ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ކަޑުގެ އަޑި ބޭނުންކުރުން ޤާނޫނީގޮތުުން ހިފުމުގެ ހައްޤު އޮތް ތަނެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކަނޑުން ލިބޭ ރޯދި ކަމުގައިވާ ދިވެހި ކަނޑުމަހަށް އެކަށޭނެ އަނގެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަުގައި ރައީސް ވަނީ ވިދާޅުވެފައެވެ.އަދި ބޭރު ގައުމުތަކަށް ވިއްކާ ދިވެހި ކަޅުބިލަ މަހުގެ އަގު އުފުލޭނެ ގޮތެއް ސަރުކާރުން ކުރިއަށް ގެންދާކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން އަހަރުތަކެއްގައި ދުނިޔޭގެ ކަނޑުތަކާއި ބެހޭ ދުވަސް ފާހަގަ ނުކުރާހާ ކުލަ ގަދަކޮށް މި އަހަރު ސަރުކާރުން ދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަމުންނެވެ. މިއަދު ފާހަގަ ކުރެވޭ ކަނޑުތަކާއި ބެހޭ ދުވަހުގައި ގިނަ ހަރަކާތްތަކެއް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް