އެމްޑަބްލިއުއެސްސީގެ ގޯތިތެރޭގައި ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީ ގެ ގޯތި ތެރޭގައި ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރެހެނަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ރ.ރަސްގެތީމު،އޯކިޑްވި...

08 Jun 2024 | 08:34

އެމްޑަބްލިއުއެސްސީ ގެ ގޯތި ތެރޭގައި ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރެހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ރ.ރަސްގެތީމު،އޯކިޑްވިލާ، މުޙައްމަދު ޖިނާހު (38 އ) އެވެ.

ޖިނާހުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް އޭނާގެ ބަންދަށް ވަނީ ތަހުގީގު ނިމެންދެން 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރުގައި ބުނެފައިވަނީ، ފުލުހުން ހުށަހަޅާފައިވާ ރިޕޯޓަށް ބަލާއިރު އެމްޑަބްލިއުއެސްސީ ގޯތި ތެރޭގައި ހުރި ނަރުތައް ވަގަން ނަގަން އުޅުނު ކަމުގެ ތުހުމަތު ކޮންމެވެސް މިންވަރަކަށް އޭނާ އަށް ކުރެވޭ ކަމަށެވެ.

ޖިނާހުއަކީ މިފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމުގައިވެސް އެ އަމުރުގައި ބަޔާން ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް