މައްކާގައި ބާއްވާ "44 ވަނަ ސެޝަން އޮފް ކޮނގް އަބްދުލްޢަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން ،ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޯލީ ޤުރްއާން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ޝައަފް އަދި އަރީކްއެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބުނީ ޤުރްއާން އެއްކޮށް ތަޖުވީދުމަގުން ހިތުން ކިޔެވުމުގެ ބައިން ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް8 ގެ ދަރިވަރު ޝައަފް ޙާމިދު އިބްރާހީމް (މަލާޒް/ޅ.ނައިފަރު) ކަމަށެވެ. އަދި ޖެހިޖެހިގެން ތަރުތީބުން15 ފޮތް ތަޖުވީދުމަގުން ހިތުން ކިޔެވުމުގެ ބައިން ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޙިރާ ސްކޫލުގެ ގްރޭޑް9 ގެ ދަރިވަރު އަރީކް ހާދީ މުޙައްމަދު (ކެކުރިގެ/ ހިތަދޫ-އައްޑޫ ސިޓީ) ކަމަށެވެ.
މި ޤުރްއާން މުބާރާތް އޮގަސްޓް މަހު 9 އިން 21 ގެ ނިޔަލަށް މައްކާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް