ވައިގެ މަގުން އެތެރެ ކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފާއިތުވި ދެ މަސް ދުވަސްތެރޭގައި،ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނުކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ، އޭޕްރިލްމަހާއި...

08 Jun 2024 | 06:55

ފާއިތުވި ދެ މަސް ދުވަސްތެރޭގައި،ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނުކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ، އޭޕްރިލްމަހާއި މެއި މަހުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއައި ފަސިންޖަރުން އަދި ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަށް ބެލުމުގެ ތެރެއިން ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

މިގޮތުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތްތަކަކީ، ސިންތެޓިކްކެތިނޯން އާއި ކޮކެއިން އާއި ހެރޮއިން އެވެ.

މިތަކެތި އަތުލައިގަތީ، ތަފާތު 4 މައްސަލައެއްގައި ޝައްކު ކުރެވިގެން ބެލި ބެލުމުން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެގޮތުން ފާއިތުވި ދެ މަސް ދުވަސް ތެރޭގައި 4 މައްސަލައަކާއި ގުޅިގެން ބެލި ބެލުމަށް އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 7.8 ކިލޯ ހުރިއިރު  މި ތަކެތީގެ މަގުމަތީ އަގު 17 މިލިއަނަށް ވުރެން މަތި ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް