އުނގޫފާރުން ކަރަންޓުޖެހުނު ޒުވާނާ ނިޔާވެއްޖެ

ރ. އުނގޫފާރުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައި ޒުވާނާ ނިޔާވެއްޖެއެވެ. ރ. އުނގޫފާރު، ދޫނިހުރާ، އުމުރުން 18 އަހަރުގެ ހުސައިން އަތީކް ނިޔާވިކަން އޭނާގެ އާއިލާގެ މެންބަރަކު ދ...

08 Jun 2024 | 06:05

ރ. އުނގޫފާރުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައި ޒުވާނާ ނިޔާވެއްޖެއެވެ.

ރ. އުނގޫފާރު، ދޫނިހުރާ، އުމުރުން 18 އަހަރުގެ ހުސައިން އަތީކް ނިޔާވިކަން އޭނާގެ އާއިލާގެ މެންބަރަކު ދުވަހަށް ކަށަވަރުކޮށްދިނެވެ.

އަތީކަށް ކަރަންޓު ޖެހުނީ 23 މެއި، ބުރާސްފަތި ދުވަހު އެ ރަށު ޕާކު ސަރަހައްދުގައި ފެންހެދިފައިވާ ސަރަހައްދެއްގައި ކުޅެން އުޅުނު ދެ ކުއްޖަކަށް ކަރަންޓު ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް