އިނގިރޭސިވިލާތާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ނެގޯޝިއޭޓް މަރުހަލާ ފެށުމީ އިގްތިސާދީ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް: ފައްޔާޒް

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް  އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އިކޮނޮމިކް މ...

08 Jun 2023 | 13:19

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް  އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެގޮތުން ފައްޔާޒް މިކަމާއި ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވާފައިވާއިރު ވިދާޅުވެފައިވަނީ މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ  ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

https://twitter.com/faya_i/status/1666741286768893959

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިޢުލާނުކުރައްވާފައިވާތީ އެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މަރުހަބާ ދަންނަވާފައިވެއެވެ.

މިއީ، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20% ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ 4 އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާކަން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް