ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ބިންލާދިން ގްރޫޕްގެ މަސައްކަތްތެރިއެއް: ފުލުހުން

މިދިޔަ އަންގާރަ ދުވަހު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ސައުދީ ބިންލާދިން ގްރޫޕްގެ މަސައްކަތްތެރިއެއް ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ދެންމެ ފުލުހުން ބުނީ އެމީހާ ދެނެގަނެވިފައިވާކަށާއި އެއީ...

08 Jun 2023 | 11:51

މިދިޔަ އަންގާރަ ދުވަހު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ސައުދީ ބިންލާދިން ގްރޫޕްގެ މަސައްކަތްތެރިއެއް ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ދެންމެ ފުލުހުން ބުނީ އެމީހާ ދެނެގަނެވިފައިވާކަށާއި އެއީ އުމުރުން 34 އަހަރުގެ ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

"މީހާ ވަނީ ދެނެގަނެވިފައި، އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕްގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ދުވަހުގެ އިރުއޮއްސެން ގާތްވެފައިވަނިކޮށް ހުޅުމާލެ ފޭސް ދޭއް، އެޗް 16 އާއި ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނުނު ކަމަށެވެ. ފެނުނު އިރު އޮތީ ގިރުވާނުލީ އަތް ކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ. ބިދޭސީއެއް ކަމަށް ބެލެވޭކަމަށް އެދުވަހުވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް