އެމްޑީޕީ ޕީޖީގެ ނިންމުމަކީ ރައީސް ޞާލިހް އަމަލުކުރައްވާނެ ނިންމުމެއް: މިއުވާން

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުން ތަކަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް  އަމަލު ކުރައްވާނެ ނިންމުންތަކެއް ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މ...

08 Jun 2023 | 09:23

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުން ތަކަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް  އަމަލު ކުރައްވާނެ ނިންމުންތަކެއް ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ރައީސް ޞާލިހްގެ ވިސްނުންފުޅަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިއުވާން ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުމަކީ ރައީސް ޞާލިހް އެ ނިންމުމަކަށް އަމަލު ކުރައްވާނެ ނިންމުމަކަށް ވާނެ ކަމަށެވެ.

އަދި ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާއި ރައީސް ޞާލިހާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި އަދި ކަންކަމުގައި އަބަދުވެސް މެންބަރުންނާ ރައީސްއާ މަޝްވަރާ ކުރައްވާ ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާ ނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައި ވާތީ އެކަމުގައި ސަރުކާރުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށް ވެސް މިއުވާން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހަށް ހުށަހެޅި ކޮމިޓީ ތަކުގައި އެބިލްތައް ހުއްޓިފައިވުން ކަމުގައިވެސް މިއުވާން ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް