މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމަންޓަރީ ގްރޫޕުން ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމުގައި މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދާރާއަށް ލިބިފައިވާކަމަށެވެ.
"މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށްގެންދެވޭނެ" މަޖިލީހުން ބުނެފައިވެއެވެ.
މަޖިލީހުން މިކަން ހާމަކޮށްފައިވާއިރު މަޖިލިސް ރައީސް ކަމުގައި ބަހައްޓަން ރައީސް ނަޝީދަށް އިތުބާރު ނުކުރެވޭތީ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ވައްދާފައިވަނީ ޖުމުލް 54 މެންބަރުންގެ ސޮޔާއި އެކުގައެވެ. ސޮއި ކުރި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް