އިތުރު ކައިވެންޏެއް ކުރަން އިނދެގެން އުޅޭ މީހާ ގާތު ބުނާކަށް ނުޖެހޭނެ: ޝައިޚް ސަމީރު

ޝަރުޢީ ގޮތުން ބަލާކަމުގައިވާނަމަ، ފިރިހެނަކު އިތުރު ކައިވެންޏެއް ކުރަން އިނދެގެން އުޅޭ އަނބިމީހާގާތު ބުނަން ނުޖެހޭނެ ކަމުގައި ޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ ދާރިސް ޓީވ...

08 Jun 2023 | 05:15

ޝަރުޢީ ގޮތުން ބަލާކަމުގައިވާނަމަ، ފިރިހެނަކު އިތުރު ކައިވެންޏެއް ކުރަން އިނދެގެން އުޅޭ އަނބިމީހާގާތު ބުނަން ނުޖެހޭނެ ކަމުގައި ޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ދާރިސް ޓީވީ އިން ގެނެސްދިން "އިލްމީ ހަޒާނާ" ގެ 482ވަނަ ޕްރޮގްރާމްގައި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ދީނީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ، އަލީ ރަމީޒް ކުރެއްވި އެ ސުވާލަށް ޖަވާބުދެއްވަމުން ޝައިޚް ވިދާޅުވީ ރަސޫލާ ކުރެއްވި ކައިވެނިފުޅުތަކުގަ އެކަލޭގެފާނު އަނބިއަނބި ކަނބަލުންނަށް އެކަން އަންގަވާފައި ނެތް ކަމަށެވެ.

"ތިމަންނަ މިވެނި މީހަކާ އިންނާށެކޭ މިއުޅެނީކީ، ބުނެފަ ނެތް، ގިނަފަހަރަށް އަނބިއަނބިކަނބަލުންނަށް އެނގިވަޑައިގަންނަވަނީ ކައިވެނިބައްލަވައިގަންނަ ފަހުން" ޝައިޚް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފިރިމީހާއާއި އަނބިމީހާގެ އޮންނަ ގާތް ގުޅުމާއި އިހްސާންތެރިކަމާއި ހެޔޮކަމުގެ ތެރޭގައި ރީތިކޮށް ވާހަދަކައްކައިގެން ކުރުމަކީ ރަނގަޅު ގޮތް ކަމުގައި ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ފާހަގަކުރެއްވި ގޮތުން ދެން ދައުލަތުން މިފަދަ ކަންކަމުގައި އެ ބަލަނީ ފިރިމީހާއަކީ އަނބިންގެ ހައްގުތައް އަދާކުރެވޭވަރުގެ މާލީ ގާބިލިއްޔަތުކަން ހުރި މީހެއްތޯ އާއި އެކަން ދައުލަތުން ކުރަނީ ދައުލަތުން އެންމެންގެ ހައްގުތައްވެސް ބަލަހައްޓަންޖެހޭތީ ކަމަށެވެ. މީގެ އިތުރުން އިތުރު ކައިވެންޏެއްކޮށް ސިއްރު ކުރުމަކީވެސް ކައިވެނީގެ އަސާސް ނޫންކަމުގައިވެސް ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް