މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މާފަންނު ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ފަސް މީހެއްގެ އާއިލާއަށް އިންޑިއާގެ ސަރަހައްދީ ސަރުކާރުން ފައިސާގެ އެހީ ދީފިއެވެ.
މިގޮތުން ފައިސާގެ އެހީ ދީފައިވަނީ އަލިފާނުގެ އެ ހާދިސާގައި މަރުވި އިންޑިއާގެ ނުވަ މީހުންގެ ތެރެއިން އަންދްރަޕްރަދޭޝް އަށް ނިސްބަތްވާ ފަސް މީހެއްގެ އާއިލާއަށެވެ. އެގޮތުން އަންދްރަ ޕްރަދޭޝްގެ ސަރުކާރުގެ ފަރާތުން އެ ފަސްމީހުންގެ އާއިލާއަށް، ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ދީފައިވެއެވެ.
ނުރައްކާތެރި އަލިފާނުގެ އެ ހާދިސާގައި 10 ބިދޭސީއަކު މަރުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އަށް މީހަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހެކެވެ. ނިރުފެހިގޭ އަލިފާނުގެ ހާދިސާއަކީ މި ފަހުން ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް