ބޯދާ ވިސްނުމުގެ ސިޔާސީ ބައިގަނޑު ރިޔާސީ އިންތިހާބުގައި ބަލިކުރާނީ ބޮޑުކޮށްކަމުގައި ވިދާޅުވީ ޝުޖާއު ހުސެއިން އީވާ އަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާއު ހުސެއިން މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ވައްކަމުން ދައުލަތް ސަލާމަތް ކުރާނެކަމުގައި އީވާ ވިދާޅުވެފައިވާއިރު ވޮއިސް ނޫހުގައި އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނައިބު ރައީސްކަން ކުރިން ކުރައްވާފައިވާ ޝުޖާއު ވިދާޅުވެފައިވަނީ އީވާމެން އެހެން ވިދާޅުވާއިރު އެވެރިން އެހެން ކިޔަކިޔާ ތިއްބާ ވިހޭކުދިން މީހުންނާ އިނދެފި ކަމަށެވެ. އަދިވެސް ކިޔަމުން އަންނަނީ ހަމަ އެހެން ކަމަށެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އީވާ އެ ވިދާޅުވާ އެވެރިންގެ ދެ ވެރިކަމެއް ވުޖޫދުވެއްޖެއެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމާއި ރައީސް ސޯލިހްގެ ވެރިކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް