އެމްއެމްސީގެ ރައީސަކަށް ޝަފާއު އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް  މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފި އެވެ. އޭނާ އެމަގާމަށް އިންތިހާބު ކުރީ އެމްއެމްސީގެ ރައީސް ކަމުގައި ހުންނެވި ޝަހުބާން ފަހުމީ މަގާމު...

08 Jun 2022 | 17:18

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް  މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފި އެވެ.

އޭނާ އެމަގާމަށް އިންތިހާބު ކުރީ އެމްއެމްސީގެ ރައީސް ކަމުގައި ހުންނެވި ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ޝަހުބާންގެ އިސްތިއުފާ ވަނީ ގަބޫލުކޮށްފަ އެވެ.

ޝަހުބާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމާ ގުޅިގެނެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު ޝަހުބާންއަކީ އެ ކުންފުނީގެ ހިއްސާދާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް