ރައީސް ސޯލިހު، ޔާމީނަށް، ފުރަތަމަ ބްރިޖު ހިލޭ ނޭޅީ ކީއްވެތޯ؟!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖު ހިލޭ ނޭޅީ ކީއްވެތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު ކުރައްވައިފި އެވެ. އެމަނިކުފާނު މި ސުވާލު އުފެއްދެވީ މިއަދު ބޭއްވި ނޫސްވެ...

08 Jun 2022 | 12:54

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖު ހިލޭ ނޭޅީ ކީއްވެތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު ކުރައްވައިފި އެވެ.

އެމަނިކުފާނު މި ސުވާލު އުފެއްދެވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މި ސުވާލު އުފެއްދެވީ ތިލަމާލެ ބްރިޖާއި ގުޅޭގޮތުން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކުންނެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަ އެ ބްރިޖު ހިލޭ އަޅައިދޭނެ ކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ ގައުމުތަކުން ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ހިންގަންވާނީ ދިވެހި ރައްޔިތުންނަށް އެހީވެދިނުމުގެ ގޮތުން ކަމަށެވެ.

ވަކި މީހަކު ވެރިކަމުގައި ހުރެގެން ކަމެއް ކޮށްދޭނެ ކަމަށް ބުނާ ނަމަ އެއީ ގޯހެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖު ޗައިނާއިން ހިލޭ އަޅައިދޭނެ ކަމަށް ބުނި ކަމަށް ޔާމީން ވިދާޅުވި އިރު ސިނަމާލޭ ބްރިޖު ނުވަތަ ފުރަތަމަ ބްރިޖު ހިލޭ ނޭޅީ ކީއްވެގެންކަން އެނގެން ޖެހޭ ކަމަށެވެ.

ތިލަމާލެ ބްރިޖު މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާއި އެވެ. ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރަނީ2024 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް