އަލްގައިދާގެ އިންޒާރު އިންޑިއާއަށް، ޖާނުން ފިދާވެގެން ބަދަލު ހިފާނަން!

މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލައިގަ އަލްގައިދާ އިންޑިއާ އޮފިން އެ ގައުމުގެ ސަރުކާރަށް އިންޒާރު ދީފި އެވެ. އަލްގައިދާ އިން އިންޑިއާ ސަބްކޮންޓިނެންޓުން މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ ސިޓީއ...

08 Jun 2022 | 11:48

މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލައިގަ އަލްގައިދާ އިންޑިއާ އޮފިން އެ ގައުމުގެ ސަރުކާރަށް އިންޒާރު ދީފި އެވެ.

އަލްގައިދާ އިން އިންޑިއާ ސަބްކޮންޓިނެންޓުން މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ގައުމުގެ ސިޓީތަކުގައި ޖާނުން ފިދާވެގެން ހަމަލާދީ ރަސޫލާއަށް ކުރި ފުރައްސާރައިގެ ބަދަލު ހިފާނެ ކަމަށެވެ. އިންސާރު ދީފައިވަނީ އިންޑިއާގެ ހަތަރު ސިޓީއަކަށެވެ.

އެއީ އުއްތަރް ޕްރަދޭޝް، މުމްބާއީ، ވެރިރަށް ނިއުދިއްލީ އަދި ގުޖުރާތަށެވެ. އިންޑިއާގެ އިންޓެލިޖެންސް އެޖެންސީސް ތަކުން ވަނީ މި ސަރަހައްދުތައް ހައި އެލާޓަށެ ގެނެސްފަ އެވެ.

އަލްގައިދާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކީރިތި ރަސޫލާގެ ކަރާމާތް ދެމެހެއްޓުމަށް ކުރާ ހަނގުރާމައިގެ ތެރެއިން އެމީހުންގެ ކިބައިން ބަދަލު ހިފާނެ ކަމަށެވެ.

އެކަލޭގެފާނަށް ފުރައްސާރަ ކުރި މީހުންގެ އަމިއްލަ ގެދޮރުގައިވެސް އަދި އެމީހުންނަށް ހިމާޔަތް ދޭން ތައްޔާރަށް އޮތް އަސްކަރިއްޔާގެ މަރުކަޒުތަކުގައި ވެސް އެމީހުންނަށް ރައްކާތެރިކަމެއް ނުލިބޭނެ  ކަމަށް ބުނެފައިވެ އެވެ. އަދި މީސްތަކުންދެގެ ލޯބިވާ ނަބިއްޔާގެ ދިފާއުގައި ބަދަލު ނުހިފައިފިއްޔާ، އެމީހުންގެ މައިން ވެސް އެމީހުންނާއި މެދު ލަދުވެތިވާނެ ކަމަށް ބުންޏެވެ.

އެ ޖަމާއަތުން ބުނާ ގޮތުގައި އެ ޖަމާއަތުގެ މުޖާހިދުން މިހާރުވެސް ތިބީ، އިންޑިއާގެ ހަރުކަށި ހިންދޫން، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި، ބަދަލު ހިފުމުގެ ގޮތުން ޖާނުން ފިދާވުމުގެ ހަމަލާތައް ދޭން ތައްޔާރަށެވެ. އަލްގައިދާ އިންޑިއާ ގޮފިން ބުނީ އެ ނުބައި އަމަލު ހިންގި މީހުންނަށް މައާފު ނުކުރާނެ ކަމަށެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރްމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. މި މައްސަައިގަ ބީޖޭޕީން ވަނީ ނޫޕޫރު ސަސްޕެންޑުކޮށް ނަވީން އެ ޕާޓީން ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް