ވިލިމާލޭ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފި

ވިލިމާލޭ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފި އެވެ. އެ ހޮސްޕިޓަލުގައި ވެކްސިން ދިނުން ހުއްޓާލީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއް ފެންމަތިވުމުންނެވެ. މި މައް...

08 Jun 2022 | 09:48

ވިލިމާލޭ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ވެކްސިން ދިނުން ހުއްޓާލީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައިގަ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށް އެކަން ތަހުގީގުކޮށްފައިވެއެވެ.

އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައިގަ އެ ހިދުމަތް ހުއްޓާލާފައި އޮތުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ.

އަދި މިހާރު އެފަދަ މައްސަލައެއް ތަކުރާރު ނުވާނެ ކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށާފައިވާ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އަލުން ވެކްސިން ދޭން ފެށީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް އެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް